އަހަރެން މަރުވާން ޖެހޭނަމަ
Translated to Dhivehi by @ishahrހަރެން މަރުވާން ޖެހޭނަމަ
ތިބާ ދިރިހުންނަން ވާނެ.
މަގޭ ވާހަކަ ކިޔައިދޭން ވާނެ.
މަގޭ އެއްޗެހި ވިއްކާލަދޭން ވާނެ.
ފޮތި ގަނޑަކާ
ރޮއްދިކޮޅެއް ގަންނަން ވާނެ.
ހަނދާން ކުރާތި،
އޭގެން ހުދު ކުލައިގެ ދިގު ރާރާ އެއް ލީ ގުޑިއެއް ހެދޭވަރު ވާން ވާނެ.
އޭރަށް،
ބޮޑު އަލިފާން ގަނޑެއް ތެރޭން މާ އަވަސް އަވަހަށް
އެކަކަށްވެސް،
އަމިއްލަ ލެއަށްވެސް،
އަމިއްލަ ނަފުސަށްްވެސް،
އަލްވަދާއު ނުކިޔާ ދިޔަ އޭނާގެ ބައްޕަ ހޯދަން
ޣައްޒާގެ ކޮންމެވެސް ހިސާބަކުން
އުޑާ ދިމާއަށް ކަޅި އުފުއްލާ ކުޑަ ކުއްޖާ އަށް
އެގުޑި، އަހަންނަށްޓަކާ ތިން ހަދައިދޭ އެގުޑި، ފެނުނީމަ،
އެއީ ލޯބީގެ މެސެޖެއް ހިފައިގެން އަންނަ މަލާއިކަތެއްބާއޭ ހީވާނެ.
އަހަރެން މަރުވާން ޖެހޭނަމަ
އެ މަރުން އުންމީދު އާކުރޭ.
އެއީ ތުންތުން މަތިން ކިޔައިދޭ ވާހަކައަކަށް ވާންވާނެ.